Worksheetsވަގުތަށް ހުރުމަތްތެރިކޮށް ހިތުން
Total questions: 12
Worksheet time: 6mins
Name
Class
Date
1.
ސުވާލު 1: ވަގުތަށް ހުރުމަތްތެރިކޮށް ހިތުމަކީ:
a)
ހުރިހާ ފިލާވަޅެއް އޭގެ ވަގުތުގައި ނިންމުން
b)
ސްކޫލަށް ނުވަތަ އޮޮފީހަށް ގަޑި ނުޖެހި ދިޔުން
c)
އިންސާނާ ދިރިއުޅެން ލިބިފައިވާ ވަގުތާއި ޒަމާނުގެ ބޭނުން ހެޔޮގޮތުގައި ހިފުމީ ވަގުތަށް ހުރުމަތްތެރިކޮށް ހިތުމެވެ.
2.
ސުވާލު 2: އިންސާނާއަށް ލިބިފައިވާ ވަޤުތު
a)
ބޭނުން ގޮތަކަށް ބޭނުން ކުރެވޭނެ
b)
ބޭނުން ކުރަން ވާނީ މާތް ﷲ އަނގަވާފައިވާ ގޮތަށް
3.
ސުވާލު 3: ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދެ ނިޢުމަތަކާއި ދޭތެރޭގައި މީސްތަކުންގެ ތެރެއިން ގިނަބަޔަކުވަނީ ޣާފިލުވެގެންނެވެ. (އެ ދެ ނިޢުމަތަކީ) ފުރިހަމަ ސިއްހަތާއި ހުސް ވަގުތެވެ." މިޙަދީޘުން ދޭހަވާ ކަމަކީ:
a)
ވަޤުތަކީ ބޮޑުވެގެންވާ ނިޢުމަތެއްކަން
b)
ވަގުތަކީ އެއާމެދު ފަރުވާ ކުޑަކުރެވޭ ނިޢުމަތެއްކަން
c)
ވަޤުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހޭނެކަން
4.
ސުވާލު 4: ވަގުތު މުހިއްމު ވަނީ ކީއްވެ؟
a)
އެ ވަގުތަކީ ކަނޑައެޅިފައިވާ އެއްޗަކަށް ވާތީ
b)
ކޮންމެ މީހަކަށް ލިބިފައިވާ ވަގުތު ނިމޭނެ އިރެެއް ނޭނގޭނެތީ
c)
ވަގުތަކީ އަނބުރާ ނުގެނެވޭނެ އެއްޗަކަށް ވާތީ
5.
ސުވާލު 5: ވަގުތުގެ އަގުވަޒަން ކުރެވޭނީ ކިހިނެއް؟
a)
ތިމާގެ މައްޗަށް ވާޖިބުވެގެންވާ ކަންކަން އަދާކުރުމާއެކު ދުނިޔެއާއި އާޚިރަތުގެ ފައިދާއާއި ލާބަހުރި ކަންކަމަށް އެވަގުތުތައް ހޭދަކޮށްގެން.
b)
ތިމާގެ މައްޗަށް ވާޖިބުވެގެންވާ ކަންކަން އަދާކޮށްގެން
6.
ސުވާލު 6: ރީމާ އަކީ ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރާ ކުއްޖެކެވެ. ރީމާ އޮފީހަށް ވެސް ދަނީ ގަޑި ނުޖެހި ވަގުތުގެ ކުރިންނެވެ. ޔުނިވަރސިޓީންގޭ މަސައްކަތްތައްވެސް ވަގުތަށް ނިންމުމަކީ ރީމާ ވަރަށް ފަރުވާތެރިކަމާއެކީ ކުރާ ކަމެކެވެ. ވަގުތަށް ހުރުމަތްތެރިކޮށް ހިތުމުގެ ސިފަ ރީމާގެ ކިބައިގައި ހުރުމުން ލިބިދާނެ އުޚުރަވީ އަދި ނަފްސާނީ ފައިދާތަކަކީ:
a)
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ލިބުން
b)
ހިތްހަމަޖެހޭ ފައިދާހުރި ހަޔާތެއް ލިބިގެން ދިއުން
c)
ކުރެވޭ ސޯލިހު ޢަމަލުތައް ގިނަވެގެން ދިއުން
d)
ތިމާއާއި އަނެކުންގެ ލާބައާއި މަންފާއަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވެމުން ދިއުން
e)
އަވަހަށް އޮފީހުގެ މަގާމުގެ ޕްރޮމޯޝަން ލިބުން
7.
ސުވާލު 7: ނަދީމަކީ ވަރަށް ކަންނެތް ކުއްޖެކެވެ. ނަދީމްގެ ކަމަކީ ސްކޫލުންގެއަށް އަންނަގޮތަށް ގޭމް ކުޅުމެވެ. އަދި ނަމާދު ވަގުތުތަކުގައި ނިދުމާއި، ކުޅުމުގައި ވަގުތު ބޭކާރުކޮށްލައެވެ. ސްކޫލުން ކިޔަވައި ނިމުމަށް ފަހު ވަގުތަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން ދުނިޔެވީ ގޮތުން ލިބިދާނޭ 2 ގެއްލުމަކާއި ދީނީގޮތުން ލިބިދާނޭ 2 ގެއްލުމަކީ:.
a)
ވަގުތު ބޭކާރުކުރެވުނީތީ އެކަމާއި ހިތާމަކޮށް ކަންބޮޑުވުން
b)
މުޖުތަމަޢު ތެރޭގައި ތިމާގެ ޤަދާރާއި އިއްޒަތް ގެއްލިގެން ދިއުން
c)
ރަނގަޅު ވަޒީފާއެއް ނުލިބުން
d)
މާތް ﷲގެ ޢަޛާބާއި ކުރިމަތިލާން ޖެހުން
e)
ކުރެވޭ ރަނގަޅު ކަންތައްތައް މަދުވުން
8.
ސުވާލު 8: ޙަދީޘެއްގެ މާނައިގައިވެއެވެ. " ދެ ނިޢުމަތަކާ ދޭތެރޭގައި މީސްތަކުންގެ ތެރެއިން ގިނަބަޔަކު ވަނީ ޣާފިލުވެފައެވެ. (އެ ދެ ނިޢުމަތަކީ) ސިއްޙަތާއ ހުސްވަޤުތެވެ." މިޙަދީޘުން ދޭހަވާ މާނައީ
a)
ވަގުތަކީ ފެށުމަކާއި ނިމުމެއްވާ އެއްޗެއްކަން
b)
ވަގުތާމެދު ޣާފިލުވުމަކީ މައްސަލެއް ނޫންކަން
c)
ވަގުުތަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިއްމުކަން
9.
ސުވާލު 9: ތިރީގައިވާ ދެ މީހުންގެ ތެރެއިން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅޭނީ ކާކު؟
a)
ވައްކަން ކުރުމާއި، މަސްތުވާ ތަކެތި ބޭނުން ކުރުމާއި، ޙަރާމްކަންކަމުގައި ވަގުތު ބޭކާރު ކުރާ ނަދީމު
b)
ނަމާދުކުރުމަށް ފަހު ވަގުތަށް ފިލާވަޅުތައް ނިންމާ ޙަލާލު ގޮތުގައި ރިޒްގު ހޯދުމަށް މަސައްކަތް ކުރާ ޢަލީ
10.
ސުވާލު 10: އަބަދު ގޭމްކުޅުމާއި، ފަރުވާ ކުޑަކުޑަކޮށް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ނުހިފުމަކީ:
a)
މީހާގެ ޤަދަރު އެހެން މީހުންގެ ކުރިމަތީގައި ވެއްޓޭނެ ކަމެއް
b)
މީހާގެ ޤަދަރު އެހެން މީހުންގެ ކުރިމަތީގައި އުފުލޭނެ ކަމެއް
11.
ސުވާލު 11: އެ ދެ ނިޢުމަތަކާ މެދު މީސްތަކުން ޣާފިލުވެފައިވާ ދެ ނިޢުމަތަކީ :
a)
ހުސްވަޤުތާއި ސިއްޙަތު
b)
މީރު ކާނާ އާއި ރީތި ފޭރާން
c)
ހުސްވަޤުތާއި މުދާ
12.
ސުވާލު 12: ވަގުތު ބޭކާރު ކުރުން މަރުވުމަށް ވެސް ގޯސްކަން ބޮޑުވަނީ ކީއްވެ؟
a)
ވަގުތު ބޭކާރުކުރުމުގެ ސަބަބުން ތިބާއާއި މާތްﷲ އާ ދެމެދު އޮންނަ ގުޅުން ކެޑޭތީ ނަމަވެސް މަރުވުމުން ކެޑޭނީ ތިބާއާއި ދުނިޔެއާ އޮންނަ ގުޅުން
b)
ވަގުތު ބޭކާރުކުރުމުގެ ސަބަބުން ތިބާއާއި އާޚިރަތާމެދު އޮންނަ ގުޅުން ކެޑޭތީ ނަމަވެސް މަރުވުމުން ކެޑޭނީ ތިބާއާއި ދުނިޔެއާ އޮންނަ ގުޅުން
100 %
