wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޙަދީޘް ލިޔެ ރައްކާތެރިކުރުން

Total questions: 12

Worksheet time: 6mins

Name
Class
Date
1.
ސުވާލު 1: ހަތަރު ޚަލީފާއިންގެ ޒަމާނުގައި ޙަދީޘް ރައްކާތެރި ކުރުމަށް ކުރި ކަމަކީ ކޮބާ؟
a)
ހިތުން ދަސްކުރުން
b)
ޙަދީޘް ހޯދުމަށް އެއް ބޭކަލަކު އަނެއް ބޭކަލެއް ކުރެން ސުވާލުކުރުން
c)
ޙަދީޘް އުނގެނުމަށް ދަތުރު ކުރުން
d)
މަތީގައިވާ ހުރިހާ ޖަވާބެއް ވެސް ރަނގަޅު
2.
ސުވާލު 2: ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ މައްޗަށް ދޮގު ޙަދީޘްތައް ފަތުރަންފެށި ދުވަސްވަރަކީ ކޮބާ؟
a)
ޢުމަރުގެފާނު ޝަހީދުކޮށްލެވުނު ދުވަސްވަރު
b)
ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނު ދުވަސްވަރު
c)
ޢަލީގެފާނު ޝަހީދުކޮށްލެވުނު ދުވަސްވަރު
3.
ސުވާލު 3: ޤުރްއާން ޖަމާކޮށް ލިޔުއްވި ފަދައިން ޙަދީޘްތައް ޖަމާކޮށް ލިޔުއްވުމުގެ ވިސްނުންފުޅު ޢުމަރުގެފާނުފަދަ ބައެއް ޞަޙާބީ ބޭކަލުން ގެންގުޅުއްވިއެއް ކަމަކު، އެ ކަން އެ ގޮތަށް ނުކުރެއްވި ސަބަބަކީ ކޮބާ؟
a)
ގިނަ ޞަޙާބީ ބޭކަލުން އެކި ޤައުމުތަކުގައި ވުމުގެ ސަބަބުން ޙަދީޘްތައް އެއްކުރުން އުނދަގޫ ވާނެތީ
b)
ޤުރްއާނަށްވުރެ ބޮޑަށް އެހެން ޢިލްމަކަށް މީސްތަކުން ޝައުޤުވެރި ވެދާނެކަމަށްޓަކައި
c)
އެހެން އެއްވެސް ބޭކަލެއް އެކަމަށް ތަރުހީބު ނުދެއްވުމުން
4.
ސުވާލު 4: ތާބިޢީންގެ ދުވަސްވަރު ޙަދީޘް ޢިލްމަށް އައި ކުރިއެރުމަކީ ކޮބާ؟
a)
ޙަދީޘް ހިތުދަސްކުރުން
b)
ޙަދީޘް ލިޔުން ހަރުދަނާވުން
c)
ޙަދީޘް ލިޔުން ޢާއްމުވުން
5.
ސުވާލު 5: ތަބިޢީންގެ ދުވަސްވަރު ޢިލްމުވެރިން (ޞަޙާބީން) އަވަހާރަވާން ފެށުމުން އެއްފޮތެއްގެ ގޮތުގައި ޙަދީޘް ޖަމާކުރެއްވުމަށް އޭރުގައި ހުންނެވި ޚަލީފާއެއް އެކަމަށް އަމުރު ކުރެއްވިއެވެ. އެ ޚަލީފާއަކީ ކޮބާ؟
a)
ޢުމަރުގެފާނު
b)
ޢުމަރު ބިން ޢަބްދިލް ޢަޒީޒު
c)
ހާރޫނުއްރަޝީދު
6.
ސުވާލު 6: ހިޖުރައިން ދެ ވަނަ ޤަރުނުގައި ލިޔެވުނު ޙަދީޘް ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ފޮތަކީ އިމާމް މާލިކްގެ (އަލްމުވައްޠާ) އެވެ. މި ޤަރުނުގެ ފޮތްތަކުން ފާހަގަ ކޮށްލެވޭ ޚާއްޞަ ކަންކަމަކީ ކޮބާ؟
a)
ޙަދީޘްގެ އިތުރުން ޞަޙާބީންނާއި ތާބިޢީންގެ ފަތުވާތައް ލިޔުން
b)
މުޞްޠަލަޙުލް ޙަދީޘް ޖަމާކޮށްފައިވުން
c)
ރާވީންގެ މަޢުލޫމާތު ޖަމާކުރުން
d)
ޙަދީޘްތައް ބާބުތަކަށް ވާގޮތަށް ތަރުތީބު ކުރުން
7.
ސުވާލު 7: ޙަދީޘް ޢިލްމުގެ ރަންޒަމާނަކީ މުޙައްދިޘުން (ޙަދީޘް ޢިލްމުވެރިން) ޙަދީޘް ޢިލްމު އައު ހަތުފަތަކަށް ގެންދިޔަ ޒަމާނެކެވެ. މި ޒަމާނުގައި ޞަޙީޙުލްބުޚާރީ އާއި ޞަޙީޙު މުސްލިމް ލިޔެވި ޖަމާކުރެވިގެން ދިޔައެވެ. މި ޒަމާނަކީ ހިޖުރީ ގޮތުން ކޮން ޤަރުނެއް؟
a)
ދެވަނަ ޤަރުނު
b)
ތިންވަނަ ޤަރުނު
c)
ހަތަރުވަނަ ޤަރުނު
8.
ސުވާލު 8: ހިޖުރައިން ހަތަރުވަނަ ޤަރުނާއި ނުވަވަނަ ޤަރުނާ ދެމެދު ޙަދީޘް ޢިލްމަށް އައި ކުރިއެރުމަކީ ކޮބާ؟
a)
މައުޟޫޢު ޙަދީޘްތައް (ނަބިއްޔާ ޞައްލަالله ޢަލައިހި ވަަސައްލަމަގެ މައްޗަށް ހަދާފައިވާ ދޮގު ޙަދީޘްތައް) ބަޔާންކުރައްވަން ފެއްޓެވުން
b)
ޙަދީޘްތައް ޝަރަޙަ ކުރެއްވުން
c)
ޙަދީޘް ފޮތްތަކުގެ ތަރުތީބު އިޞްލާޙު ކުރެއްވުން
d)
ޙަދީޘް ވެބްސައިޓްތައް ހެދުން
9.
ސުވާލު 9: ޙަދީޘް ޢިލްމަށް އަންނަމުން ދިޔަ ކުރިއެރުންތަކަށް ބަލާއިރު ހިޖުރައިން ހަތަރުވަނަ ޤަރުނާއި ނުވަވަނަ ޤަރުނާ ދެމެދު ޙަދީޘް ޢިލްމަށް މަޑު ޖެހިލުމެއް އައެވެ. މީގެ ސަބަބަކީ ކޮބާ؟
a)
އެހެން ޢިލްމުތަކަށް ބޮޑަށް ސަމާލުކަން ދެވުން
b)
ތަފާތު ހަނގުރާމަތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބަުން
c)
ޟަޢީފް ޙަދީޘްތައް ގިނަވުމުން އެކަން ޢިލްމުވެރިންނަށް ބުރަވުމުގެ ސަބަބުން
10.
ސުވާލު 10: ޙަދީޘް ލިޔެ ރައްކާތެރިކުރުމަށް މުޙައްދިޘުން ޢިލްމީ ދެ މަންހަޖެއް ގެންގުޅުއްވިއެވެ. އެއީ ޢާއްމު މަންހަޖާއި ޚާއްޞަ މަންހަޖެވެ. މީގެ ތެރެއިން ހުރިހާ ޢިލްމުވެރިން ވެސް އެ މަންހަޖަކަށް ތަބާވާނެ މަންހަޖަކީ ކޮބާ؟
a)
ޢާއްމު މަންހަޖު
b)
ޚާއްޞަ މަންހަޖު
11.
ސުވާލު 11: އިމާމް ބުޚާރީ، ޞަޙީޙް ފައްޓަވަމުން އެއްވެސް މުޤައްދިމާއެއް ނުގެންނަވާ ބިސްމިއަށް ފަހު ޙަދީޘް ލިޔުއްވަން ފެއްޓެވިއެވެ. މިއީ ކޮން މަންހަޖެއް؟
a)
ޢާއްމު މަންހަޖު
b)
ޚާއްޞަ މަންހަޖު
12.
ސުވާލު 12: ޢާއްމު މަންހަޖުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ކޮބާ؟
a)
ޙަދީޘް ފޯރުކޮށްދޭނެ ގޮތުގެ ޞިފަތައް އެކަށައެޅުން
b)
ބައެއް ހަދީޘްތައް ކުރުކޮށް ގެންނެވުން
c)
ފިލިޖަހަންޖެހޭ އުޞޫލުތައް ކަނޑައެޅުން