Worksheetsޙަދީޘް ރިވާ ކުރުމުގައި މަޝްހޫރު ބައެއް ތާބިޢީންނާއި އަތުބާޢުއްތާބިޢީން
Total questions: 12
Worksheet time: 6mins
Name
Class
Date
1.
ސުވާލު 1: ތާބިޢީ ބޭކަލުންނަކީ ކޮބާ؟
a)
މުސްލިމަކަށްވެހުރެ، ޞަހާބީ ބޭކަލަކާ ބައްދަލުވެވަޑައިގެން، އިސްލާމްކަން މަތީ އަވަހާރަވެއްޖެ ކޮންމެ ބޭކަލެކެވެ.
b)
މުސްލިމަކަށް ނުވިޔަސް ޞަހާބީ ބޭކަލަކާ ބައްދަލުވުމަށްފަހު، މަރުވީ ކޮންމެ މީހެކެވެ.
c)
ޞަހާބީ ބޭކަލުންނާ އެއްޒަމާނެއްގައި އުޅުއްވި ބޭކަލުންނެވެ.
2.
ސުވާލު 2: ކީރިތި ރަސޫލާ صلى الله عليه وسلم އާ އެއްޒަމާނެއްގައި އުޅުއްވި، ނަމަވެސް އެކަލޭގެފާނާ ބައްދަލު ނުވާ މުސްލިމުންނަކީ
a)
އަތްބާޢުއްތާބިއީންނެވެ.
b)
ތާބިޢީންނެވެ.
c)
ޞަހާބީންގެ ދަރަޖައަށް ނުދާ އެހެނަސް ތާބިޢީންގެ ދަރަޖައަށްވުރެ މަތީ ދަރަޖައިގެ ބޭކަލުންނެވެ.
3.
ސުވާލު 3: އިބްނު ޝިހާބް އައްޒުހުރީގެ ފުރިހަމަ ނަންފުޅަކީ
a)
މުސްލިމު ބުން ޢަބްދިﷲ
b)
މުސްލިމު ބުން ޢުބައިދިﷲ
c)
މުއުމިނު ބުން ޢުބައިދިﷲ
4.
ސުވާލު 4: އެންމެ ފުރަތަމަ ޙަދީޘް ޖަމާ ކުރެއްވީ
a)
ޢުމަރު ބުން ޢަބްދުލްޢަޒީޒްގެ އަމުރުފުޅަށް އިބްނު ޝިހާބް އައްޒުހުރީއެވެ.
b)
ޢުމަރު ބުން ޢަބްދުލް ޢަޒީޒްގެ އަމުރުފުޅަށް ޙަސަނުލް ބަޞަރީއެވެ.
c)
އިބްނު ޢުމަރުގެ އަމުރުފުޅަށް އިބްނު ޝިހާބް އައްޒުހުރީއެވެ.
5.
ސުވާލު 5: ޙަސަނުލް ބަޞަރީގެ ފުރިހަމަ ނަންފުޅަކީ
a)
ޙަސަން ބުން އަބިލް ޙަސަނުލް ބަޞަރީ
b)
ޙަސަން ބުން އަބިލް ޙުސައިނުލް ބަޞަރީ
c)
ޙުސެއިން ބުން އަބިލް ޙުސައިނުލް ބަޞަރީ
6.
ސުވާލު 6: އަތުބާޢުއްތާބިޢީންނަކީ
a)
މުސްލިމަކަށްވެހުރެ، ތާބިޢީ ބޭކަލުންގެ ޒަމާނުގައި މައްކާ ނުވަތަ މަދީނާއަށް އެއްފަހަރު ނަމަވެސް ޒިޔާރަތް ކުރުމުގެ ޝަރަފު ލިބުނު ބޭކަލުންނެވެ.
b)
މުސްލިމަކަށްވެހުރެ ތާބިޢީ ބޭކަލަކާ ބައްދަލުވެވަޑައިގެން، އިސްލާމްކަން މަތީ މަރުވެއްޖެ ކޮންމެ ބޭކަލެކެވެ.
c)
ތާބިޢީ ބޭކަލުން އަވަހާރަވުމަށްފަހު، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުސްލިމުންނެވެ.
7.
ސުވާލު 7: ސުފްޔާން ބުން ޢުޔައިނާގެ ފުރިހަމަ ނަންފުޅަކީ
a)
ސުފްޔާން ބުން ޢުޔައިނާ ބުން މައުމޫނުލް މަދަނީ
b)
ސުފްޔާން ބުން ޢުޔައިނާ ބުން އިބްރާހީމް އަލް ބަޞަރީ
c)
ސުފްޔާން ބުން ޢުޔައިނާ ބުން މައިމޫނުލް ހިލާލީ
8.
ސުވާލު 8: ސުފްޔާން ބުން ޢުޔައިނާ ޤުރްއާން ހިތުދަސްކުރެއްވީ އުމުރުން ކިތައް އަހަރުގައިތަ؟ އަދި ޙަދީޘް ލިޔުއްވަން ފެއްޓެވީ އުމުރުން ކިތައް އަހަރުގައިތަ؟
a)
ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުފުޅުން 5 އަހަރުގައެވެ. އަދި ޙަދީޘް ލިޔުއްވަން ފެއްޓެވީ އުމުރުފުޅުން 10 އަހަރުގައެވެ.
b)
ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުފުޅުން 4 އަހަރުގައެވެ. އަދި ޙަދީޘް ލިޔުއްވަން ފެއްޓެވީ އުމުރުފުޅުން 7 އަހަރުގައެވެ.
c)
ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުފުޅުން 6 އަހަރުގައެވެ. އަދި ޙަދީޘް ލިޔުއްވަން ފެއްޓެވީ އުމުރުފުޅުން 8 އަހަރުގައެވެ.
9.
ސުވާލު 9: އަލްޖަރްޙު ވައްތަޢުދީލަކީ
a)
ޙަދީޘްގެ މަތުނު ދިރާސާ ކުރާ ޢިލްމެވެ.
b)
ސަނަދުގައި ހިމެނޭ ރާވީންނަކީ ޢަދުލުވެރި، ހަދާންގަދަ ރާވީންތޯ ނޫންތޯ ދެނެގަންނަ ޢިލްމެވެ.
c)
ޙަދީޘްގެ ސަނަދާއި މަތުނާއި އަޅާކިޔާ ޢިލްމެވެ.
10.
ސުވާލު 10: މާލިކް ބުން އަނަސްގެ ފުރިހަމަ ނަންފުޅަކީ
a)
މާލިކް ބުން އަނަސް ބުން މާލިކް އަލް އަޞްބަޙީ
b)
މަލީކް ބުން އަނީސް ބުން މާލިކް އަލް ޢަރަބީ
c)
މުޙައްމަދު ބުން އަނީސް ބުން މާލިކް އަލް މައްކީ
11.
ސުވާލު 11: އިބްނު ޝިހާބު އައްޒުހުރީގެ އަރިހުން ބޮޑު ފައިދާއެއް ލިބިލެއްވި ދެ ޢިލްމުވެރިއެއްގެ ނަންފުޅު އިޚްޔާރު ކުރޭ
a)
މާލިކް ބުން އަނަސް
b)
ސުފްޔާން ބުން ޢުޔައިނާ
c)
ޢަލީ ބުން އަބީ ޠާލިބް
12.
ސުވާލު 12: މާލިކީ މަޒްހަބު ނިސްބަތްވަނީ
a)
ސޫރިޔާގައި ދިރިއުޅުއްވި އިމާމު މާލިކަށް.
b)
ޢިރާޤު ކަރައިން މަދީނާއަށް ހިޖުރަ ކުރެއްވި އިމާމް މާލިކަށް.
c)
މަދީނާގައި ދިރިއުޅުއްވި އިމާމް މާލިކަށް.
100 %
