Worksheetsޢިއްދަ
Total questions: 23
Worksheet time: 12mins
Name
Class
Date
1.
ސުވާލު 1: ޢިއްދައިގެ ލުޣަވީ މާނައަކީ ކޮބާ؟
a)
ޢަދަދުކުރުން
b)
ހިސާބުކުރުން
c)
ދެ ޖަވާބު ވެސް ރަނގަޅު
2.
ސުވާލު 2: ޢިއްދައިގެ އިޞްޠިލާޙީ މާނައަކީ ކޮބާ؟
a)
އަންހެނާ އިތުރު ކައިވެންޏެއް ނުކޮށް މަޑުކުރުމަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ކިޔާނަމެއް
b)
ކައިވެނި ރޫޅުމަށްފަހު، ނުވަތަ ބައިވެރިޔާ މަރުވުމަށްފަހު، އެހެން މީހަކާއި ކައިވެނިނުކޮށް މަޑުކުރުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ކިޔާނަމެއް
c)
ކައިވެނި ރޫޅުމަށްފަހު، ނުވަތަ ފިރިމީހާ މަރުވުމަށްފަހު، އެހެން މީހަކާއި ކައިވެނިނުކޮށް އަންހެނާ މަޑުކުރުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ކިޔާނަމެއް
3.
ސުވާލު 3: ޢިއްދައިގަ އިންނަންޖެހޭ ސަބަބެއް މެދުވެރިވެއްޖެނަމަ، ޢިއްދައިގައި އިނުމުގެ ޙުކުމަކީ ކޮބާ؟
a)
އަންހެނާގެ މައްޗަށް ވާޖިބު
b)
ފިރިހެނާގެ މައްޗަށް މުސްތަޙައްބު
c)
ދެ މީހުންނަށް ވާޖިބު
4.
ސުވާލު 4: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ﴾ މާނައީ: "އަދި ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން ގުރުއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ!" މި އާޔަތުގެ މާނައިގައި ދަށުރޮނގު ދަމާފައިވާ ބަސްފުޅުގެ މުރާދަކީ ކޮބާ؟
a)
އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ދޭށެވެ.
b)
އެހެންމީހަކާ ކައިވެނި ނުކޮށް މަޑުކުރުން
c)
ދެ ޖަވާބު ވެސް ރަނގަޅު
d)
އެއްވެސް ޖަވާބެއް ރަނގަޅެއް ނޫން
5.
ސުވާލު 5: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ﴾ މާނައީ: "އަދި ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން ގުރުއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ!" މި އާޔަތުގެ މާނައިން ދޭހަވާ ކަންކަމަކީ ކޮބާ؟
a)
އަނބިމީހާ ވަރިކުރުމުން ޢިއްދައިގައި އިންނަން ޖެހޭކަން
b)
ވަރިކުރުމަކީ ފިރިމީހާއަށް ލިބިފައިވާ ބާރެއްކަން
c)
ތިން ޤުރުޢަކީ ޢިއްދައިގެ މުއްދަތުތަކުގެ ތެރެއިން މުއްދަތެއްކަން
d)
ޢިއްދަ ޝަރުޢުކުރައްވާފައިވާކަން
6.
ސުވާލު 6: ޢިއްދަ ޝަރުޢުކުރެއްވުމުގެ ހިކުމަތްތަކަކީ ކޮބާ؟
a)
މާތް ﷲ ގެ ޢަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވުން
b)
އަލުން ކައިވެނި ކުރުމަކާނުލައި ކައިވެނި ރުޖޫޢަ ކުރެވޭނެ މަގެއް ތަނަވަސްކޮށް ދިނުން
c)
ޢިއްދައިގެ މުއްދަތުގައި ދެމަފިރިން ކުރެ މީހަކު މަރުވެއްޖެނަމަ އެކަކު އަނެކަކަށް މުދާ ވާރުތަވުން
d)
ކައިވެނީގެ ޤަދަރާއި މުހިއްމުކަން އަންގައިދިނުން
7.
ސުވާލު 7: ކައިވެނި ރޫޅުމަށްފަހު އެންމެ ހާލަތެއް ފިޔަވައި އެހެން ހުރިހާ ހާލަތެއްގައި ވެސް ޢިއްދައިގައި އިންނަން ޖެހެއެވެ. އެހެންކަމުން ފުރިހަމަ ކުރަންޖެހޭ ޢިއްދައެއް ނެތް ހާލަތަކީ ކޮބާ؟
a)
އެއްދާން ކުރުމުގެ ކުރިން ފިރިމީހާ މަރުވުން
b)
ޝުބުހާއަކުން އެއްދާންކުރެވުން
c)
އެއްދާން ކުރުމުގެ ކުރިން ވަރިކުރުން
8.
ސުވާލު 8: ޝުބުހައަކުން ނުވަތަ އޮޅިގެން ލާއިމުއަށް އޭނާގެ އަނބިމީހާ ނޫން އެހެން އަންހެނަކާ އެކު އެއްދާން ކުރެވުނެވެ. އެހެންކަމުން އެ އަންހެނާއަށް ޢިއްދަ ފުރިހަމަ ކުރަންޖެހޭނެތަ؟
a)
ޢިއްދަ ފުރިހަމަ ކުރަން ޖެހޭނެ
b)
ޢިއްދަ ފުރިހަމަ ކުރާކަށް ނުޖެހޭނެ
c)
ޤާޟީ ޙުކުމެއް ކަނޑައަޅާނީ
9.
ސުވާލު 9: ޞައްޙަ ކައިވެންޏަކަށްފަހު، ފިރިމީހާ މަރުވެއްޖެނަމަ އަނބިމީހާ ޢިއްދަ ފުރިހަމަ ކުރަންޖެހޭނެތަ؟
a)
ޢިއްދަ ފުރިހަމަ ކުރަން ޖެހޭނެ
b)
ޢިއްދަ ފުރިހަމަ ކުރާކަށް ނުޖެހޭނެ
c)
އެއްދާން ކުރުމުގެ ކުރިން ފިރިމީހާ މަރުވެއްޖެނަމަ ޢިއްދަ ފުރިހަމަ ކުރަން ޖެހޭނެ
d)
ޢިއްދަ ފުރިހަމަ ކުރަން ޖެހޭނީ ހަމައެކަނި އެއްދާން ކުރުމުގެ ފަހުން ފިރިމީހާ މަރުވެއްޖެނަމަ
10.
ސުވާލު 10: އަނބިމީހާއާއެކު އެއްދާންކުރުމަށްފަހު ކައިވެނި ރޫޅިއްޖެނަމަ އަނބިމީހާ ޢިއްދަ ފުރިހަމަ ކުރަންޖެހޭނެތަ؟
a)
ޢިއްދަ ފުރިހަމަ ކުރަން ޖެހޭނެ
b)
ޢިއްދަ ފުރިހަމަ ކުރާކަށް ނުޖެހޭނެ
c)
ޤާޟީ ޙުކުމެއް ކަނޑައަޅާނީ
11.
ސުވާލު 11: ފިޤުހީ ނަޒަރުން ބަލާއިރު ޢިއްދަ ބެހިގެން ވާ ބައިތަކަކީ ކޮބާ؟
a)
ވިހެއުމުން ޢިއްދަ ފުރިހަމަކުރާ މީހުން
b)
މަހުން ޢިއްދަ ފުރިހަމަކުރާ މީހުން
c)
ޤުރުއު އިން ޢިއްދަ ފުރިހަމަކުރާ މީހުން
d)
ހަނދު މަހުގެ އަހަރުން ޢިއްދަ ފުރިހަމަކުރާ މީހުން
12.
ސުވާލު 12: ޤުރުއުގެ މާނައާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެއީ ޙައިޟުތޯ ނުވަތަ ޠުހުރުތޯއެވެ. ދަރިވަރުންގެ ފޮތުގައި، މި މައްސަލައިގައި ބުރަވެފައި ވަނީ ކޮން ގޮތަކަށް؟
a)
އެއީ ޙައިޟުކަމަށް
b)
އެއީ ޙައިޟު ނޫން ކަމަށް
c)
އެއީ މާބަނޑު ދުވަސްވަރު ކަމަށް
13.
ސުވާލު 13: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ﴾ މާނައީ: "އަދި، ވަރިކޮށްފައިވާ އަންހެނުން، އެކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން ޤުރުއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ!" މި އާޔަތުގައި ބަޔާންކޮށްފައި މި ވަނީ ވަރިކޮށްފައިވާ އަންހެނުންގެ ތެރެއިން ކޮން ބައެއްގެ ޢިއްދައެއް ހެއްޔެވެ؟
a)
ވަރިކުރެވިފައިވާ، ޙައިޟުވާ މާބަނޑު ނޫން އަންހެނާ
b)
ވަރިކުރެވިފައިވާ ޙައިޟުނުވާ ޢުމުރުގެ އަންހެނާ
c)
މާބަނޑު އަންހެނާ
d)
ފިރިމަރުވެފައިވާ އަންހެނާ
14.
ސުވާލު 14: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ﴾ މާނައީ: "ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: ޢިއްދައިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަކީ، އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީވެސް ތިންމަސް ދުވަހެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
ހައިޟުވާން ނުފަށާ މީހުންގެ ޢިއްދައަކީ 3 މަސް
b)
ޢިއްދައިގައި އިންނަން ޖެހެނީ އަންހެނުންކަން
c)
ޢިއްދަ ޝަރުޢުކުރައްވާފައިވާކަން
d)
3 މަހަކީ ޢިއްދައިގެ މުއްދަތުތަކުގެ ތެރެއިން މުއްދަތެއްކަން
15.
ސުވާލު 15: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ﴾ މާނައީ: "ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: ޢިއްދައިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަކީ، އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީވެސް ތިންމަސް ދުވަހެވެ." މި އާޔަތުގައި ބަޔާންކޮށްފައި މި ވަނީ ވަރިކޮށްފައިވާ އަންހެނުންގެ ތެރެއިން ކޮން ބައެއްގެ ޢިއްދައެއް ހެއްޔެވެ؟
a)
ވަރިކުރެވިފައިވާ ޙައިޟުނުވާ ޢުމުރުގެ ޅަ އަންހެނާ
b)
ޙައިޟުން އުންމީދު ކެނޑިފައިވާ (އެބަހީ: ޢިއްދައިން ކެނޑިފައިވާ) އަންހެނުން
c)
މަތީގައިވާ ދެ ޖަވާބު
16.
ސުވާލު 16: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ﴾ މާނައީ: "އަދި މާބަނޑު އަންހެނުންގެ ޢިއްދައަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
މާބަނޑު އަންހެނުންގެ ޢިއްދައަކީ ވިހެއުން
b)
ވަރިވެފައިވާ އަންހެނުންގެ ތެރެއިން މާބަނޑު އަންހެނުންނަށް ޢިއްދައެއް ވާކަން
c)
ޢިއްދަ ޝަރުޢުކުރައްވާފައިވާކަން
d)
ވިހެއުމަކީ ޢިއްދައިގެ މުއްދަތުތަކުގެ ތެރެއިން މުއްދަތެއްކަން
17.
ސުވާލު 17: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ﴾ މާނައީ: "އަދި މާބަނޑު އަންހެނުންގެ ޢިއްދައަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ." މި އާޔަތުން ނެގޭ ފިޤުހީ ޙުކުމަކީ ކޮބާ؟
a)
މާބަނޑު އަންހެނުންގެ ޢިއްދައަކީ ވިހެއުން
b)
މާބަނޑު އަންހެނުންގެ ޢިއްދައަކީ 9 މަހާއި 10 ދުވަސްކަން
18.
ސުވާލު 18: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا﴾ މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހުނާ ނީނދެ) އިންތިޒާރު ކުރާހުށިކަމެވެ!" މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
ފިރިމީހާ މަރުވުމުން އަނބިމީހާ ޢިއްދައިގައި އިންނަން ޖެހޭކަން
b)
ޢިއްދަ ޝަރުޢުކުރައްވާފައިވާކަން
c)
4 މަހާއި 10 ދުވަހަކީ ޢިއްދައިގެ މުއްދަތުތަކުގެ ތެރެއިން މުއްދަތެއްކަން
d)
ވަރިވެފައިވާ އަންހެނުންގެ ތެރެއިން މާބަނޑު އަންހެނުންނަށް ޢިއްދައެއް ވާކަން
19.
ސުވާލު 19: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا﴾ މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހުނާ ނީނދެ) އިންތިޒާރު ކުރާހުށިކަމެވެ!" މި އާޔަތުގައި ބަޔާންކޮށްފައި މި ވަނީ އަންހެނުންގެ ތެރެއިން ކޮން ބައެއްގެ ޢިއްދައެއް ހެއްޔެވެ؟
a)
ވަރިކުރި ފަހުން ފިރި މަރުވެފައިވާ އަންހެނާ
b)
ފިރިމަރުވެފައިވާ އަންހެނާ
c)
މަތީގައިވާ ދެ ޖަވާބު
20.
ސުވާލު 20: ފިރިމީހާގެ މައްޗަށް، ޢިއްދައިގެ މުއްދަތުގެ ތެރޭގައި ރަޖުޢީވަރިއަކުން ވަރިވެފައިވާ އަންހެނާއަށް ޚަރަދުކުރުމުގެ ޙުކުމަކީ ކޮބާ؟
a)
ވާޖިބެއް
b)
ސުންނަތެއް
c)
މުބާހްކަމެއް
21.
ސުވާލު 21: ރަޖުޢީވަރިއަކުން ވަރިވެފައިވާ އަންހެނާ ޢިއްދަ ފުރިހަމަކުރަން ޖެހޭނީ ކޮންތާކު؟
a)
އަނބިމީހާގެ މަންމަގެ ގޭގައި
b)
އަނބިމީހާ ބޭނުންތާކު
c)
ފިރިމީހާގެ ގޭގައި
22.
ސުވާލު 22: ރަޖުޢީވަރިއެއްގެ ޢިއްދައިގައި އަންހެނާ ވަނިކޮށް ފިރިމީހާ މަރުވެއްޖެނަމަ، ކަންތައް ވާނީ ކިހިނެއް؟
a)
ފިރިމީހާގެ މުދަލުން އަނބިމީހާއަށް ވާރުތައެއް ނުވާނެ
b)
ފިރިމީހާގެ މުދަލުން އަނބިމީހާއަށް ވާރުތަ ވާނެ
c)
ހަމަ އެކަނި، ދެ މަފިރިންގެ ދަރިއެއް ހުރި ނަމަ އެ ދަރިއަށް ވާރުތަ ކުރާނީ
23.
ސުވާލު 23: ފިރިމީހާ މަރުވުމުގެ ސަބަބުން ޢިއްދައިގައި އިންނަ އަންހެނާ ހިތާމަފާޅުކުރުމުގެ ގޮތުން ޢިއްދައިގެ މުއްދަތުގައި ޒީންތެރިވުން ދޫކޮށްލުމުގެ ޙުކުމަކީ ކޮބާ؟
a)
ވާޖިބެއް
b)
ބިދުޢައެއް
c)
ހުއްދަކަމެއް
100 %
