wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ޚުލްޢުކުރުމާއި ފަސްޚުކުރުން

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ޚުލްޢުކުރުމަކީ އަނބިމީހާ ފިރިމީހާއަށް ދޭ މުދަލެއްގެ ބަދަލުގައި

a)

ވަރިކުރުމެވެ.

b)

ދެމަފިރިންގެ ރުހުމާއެކު ކައިވެނި ރޫޅާލުމެވެ.

c)

މުދަލެއް ދިނުމެވެ.

d)

ފިރިމީހާ އަނބިމީހާއަށް މުދަލެއްދިނުމެވެ.

2.

ޚުލްޢުވަރިއަށް އެދޭނީ

a)

ފިރިމީހާއެވެ.

b)

ޤާޟީއެވެ.

c)

އަނބިމީހާއެވެ.

d)

ޢާއިލާއިްނެވެ.

3.

ޚުލްޢުވަރީގެ ޙުކުމަކީ

a)

ޙަރާމް ކަމެކެވެ.

b)

ސުންނަތެކެވެ.

c)

ވާޖިބެކެވެ.

d)

ހުއްދަކަމެކެވެ.

4.

ޚުލްޢުވަރި ޝަރުޢުކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި

a)

ގޯސްފިރިއެއްގެ ކިބައިން ސަލާމަތްވާނެ މަގެއް އަނބިމީހާއަށް ދެއްކެވުންހިމެނެއެވެ.

b)

ފިރިމީހާއަށް ފައިސާ ހޯދެނެ މަގެއް ދެއްކެވުން ހިމެނެއެވެ.

c)

ދަރިން ރަނގަޅަށްތަރުބިއްޔަތު ކުރުން ހިމެނެއެވެ.

d)

ސަބަބެއްނެތި ވަރިއަށްއެދުމުގެ ފުރުޞަތު އަނބިމީހާއަށް ދެއްވުން ހިމެނެއެވެ.

5.

ޚުލްޢުވަރިއަކަށް އެދެވިދާނެ ބައެއް ޙާލަތްތަކުގެ ތެރޭގައި

a)

އަނބިމީހާ މުއްސަނދިވުން ހިމެނެއެވެ.

b)

ފިރިމީހާގެ އަޚްލާޤު ގޯސްވުން ހިމެނެއެވެ.

c)

ފިރިމީހާ ފަޤީރުވުން ހިމެނެއެވެ.

d)

ފިރިމީހާ ވަޒީފާގައި އުޅުން ހިމެނެއެވެ.

6.

ޝަރުޢީ ސަބަބެއް ނެތި ވަރިވުމަށް އެދުމާއި ޚުލްޢުވުމަށް އެދުގެ ޙުކުމަކީ

a)

ސުންނަތެކެވެ.

b)

މަކުރޫޙަ ކަމެކެވެ.

c)

ހުއްދަ ކަމެއްނޫނެވެ.

d)

މުބާޙް ކަމެކެވެ.

7.

ފަސްޚުކުރުމަކީ ދިމާވާ ޚާއްޞަ ޙާލަތެއްގެ ސަބަބުން

a)

ކައިވެނީގެ ޢަޤްދު އުވާލުމެވެ.

b)

މުދަލެއް ދީގެން ވަރިކުރުމެވެ.

c)

ކައިވެނި ކުރުމަށް އެއްބަސްވުމެވެ.

d)

އަނބިމީހާ ވަރިއަށް އެދުމުން ޢަޤުދު އުވާލުމެވެ.

8.

ކައިވެނި ކުރެވިފައިވަނީ، ކައިވެނި ކުރުން ޙަރާމް މީހަކާކަން އެނގުމުން

a)

ޚުލްޢު ވަރިއަކުން ވަރިކުރެވޭނެއެވެ.

b)

ފަސްޚުކޮށް ކައިވެނިރޫޅާލެވޭނެއެވެ.

c)

އެކަން ޙައްލުކުރަން ޖެހޭނެއެވެ.

d)

ކައިވެނި ދެމެހެއްޓުން ވާޖިބުވާނެއެވެ.

9.

ދެމަފިރިންކުރެ މީހަކު މުރުތައްދުވެއްޖެނަމަ

a)

ޚުލްޢުވަރިއަކުން ވަރިވާނެއެވެ.

b)

ލިޢާން ކުރަންޖެހޭނެއެވެ.

c)

ކައިވެނީގެ ޢަޤުދު ފަސްޚްވާނެއެވެ.

d)

ވަރިއެއްނުވާނެއެވެ.

10.

އަނބީމީހާއަށް ޚަރަދުނުކުރާނަމަ ފަސްޚު ކުރުމުގެ ޙުކުމަކީ

a)

ޙަރާމްކަމެއް

b)

ވާޖިބެއް

c)

ސުންނަތެއް

d)

ހުއްދަކަމެއް.