wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

މުންކަރާތްތައް ނަހީކުރުން / ޙަދީޘް ޢިލްމު

Total questions: 10

Worksheet time: 5mins

Name
Class
Date
1.

މުޖުތަމަޢުތަކުގައި ނުބައިފާފަތައް ޢާއްމުވެ ފެތުރިގެން ދިއުމަކީ

a)

އެ މުޖުތަމަޢެއް ހަލާކުވެދާނެ ކަމެކެވެ.

b)

އެ މުޖުތަމަޢު މަޝްހޫރު ވާނެ ކަމެކެވެ.

c)

އެ ބަޔަކު އުފާކުރާނެ ކަމެކެވެ.

d)

ޒަމާނީ ތަރައްޤީގެ ކުލައެކެވެ.

2.

އިސްލާމް ދީނުގައި ކިތައްމެ ކުޑަވެސް ޙަރާމްކަމެއް ވާނީ

a)

ހުއްދަ ކަމަކަށެވެ.

b)

މަކުރޫހަ ކަމަކަށެވެ.

c)

މުންކަރާތަކަށެވެ.

d)

މުބާހު ކަމަކަށެވެ.

3.

މުންކަރާތެއް ފެނިއްޖެނަމަ އެކަން ހުއްޓުވުމަކީ

a)

ހަމައެކަނި ފުލުންގެ ވާޖިބެކެވެ.

b)

ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

c)

ހަމައެކަނި ސިފައިންގެ ވާޖިބެކެވެ.

d)

ހަމައެކަނި ޝަރުޢީ ކޯޓްތަކުގެ ވާޖިބެކެވެ.

4.

މާތްﷲ މިއުއްމަތް މާތްކުރެއްވި ސަބަބުތަކުގެ ތެރޭގައި

a)

މިއީ އެންމެ ފަހުގެ އުއްމަތް ކަމުގައިވުން ހިމެނެއެވެ.

b)

މިއީ އެންމެ މީހުން ގިނަ އުއްމަތް ކަމުގައިވުން ހިމެނެއެވެ.

c)

ޙައްޖުވާން ޖެހެނީ މިއުއްމަތަށް ކަމުގައިވުން ހިމެނެއެވެ.

d)

ހެޔޮ ކަންތައްތަކަށް އަމުރުކުރާ އުއްމަތަކަށްވުން ހިމެނެއެވެ.

5.

މާތްﷲ ނަހީކުރައްވާފައިވާ ކަމެއް، އެއްވެސްމީހަކު މަނާ ނުކުރާނަމަ

a)

އެ މަނާ ނުކުރި މީހަކު ފާފަވެރިވާނެއެވެ.

b)

އެންމެން ފާފަވެރިވާނެއެވެ.

c)

އެކަމުވެސް ފާފަވެރިއެއް ނުވާނެއެވެ.

d)

ފާފަވެރިވާނީ ހަމައެކަނި އިސްވެރިންނެވެ.

6.

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމަކީ

a)

އީމާކަމުގެ ތެރެއިން ވަކަމެއްނޫނެވެ.

b)

މީހުން ރުޅިއަންނަ ކަމެކެވެ.

c)

މުސްލިމުނޫން މީހުންގެ ސިފައެކެވެ.

d)

އީމާންކަމުގެ ތެރެއިން ވާކަމެކެވެ.

7.

އަތުންނާއި ދުލުން މުންކަރާތައް މަނާ ނު ކުރުރެވޭނަމަ

a)

ދެން އެކަމާއި އަޅަނުލާނީއެވެ.

b)

ތިމާގެ ލޮލުން މަނާކުރާނީއެވެ.

c)

ތިމާގެ ހިތުން މަނާކުރާނީއެވެ.

d)

ތިމާގެ ކޮންމެވެސް ގުނަވަނަކުން މާނާކުރާނީއެވެ.

8.

އަތުން، މުންކަރާތެއް މަނާކުރުމުގެ މާނައަކީ

a)

ކުޅަދާނަކަން ލިބިގެންވާ މީހުން ބާރުގެ ބޭނުންކޮށް މަނާކުރުމެވެ.

b)

ތަޅާ އަނިޔާކޮށްގެން މަނާކުރުމެވެ.

c)

ހަށިގަނޑަށް ގެއްލުން ދީގެން މަނާކުރުމެވެ.

d)

ނަޞޭހަތް ދީގެން މަނާކުރުމެވެ.

9.

ހިތުން، މުންކަރާތެއް މަނާކުރުމުގެ މާނައަކީ

a)

ތިމާގެ އަތުން އެކަމާއި ނުރުހޭކަން ދެއްކުމެވެ.

b)

ތިމާ އެމީހަކަށް ނަޞޭޙަތްދިނުމެވެ.

c)

ތިމާ އެ މުންކަރާތާއި ނުރުހުމެވެ.

d)

ގަދަ ބަރުގެ ބޭނުންކޮށް ހުއްޓުވުމެވެ.

10.

މުންކަރާތްތައް ނަހީކުރުން

a)

ދެ ދަރަޖައަކަށް ބަހާލެވެއެވެ.

b)

ވަރަށް ގިނަ ދަރަޖަތަކަށް ބަހާލެވެއެވެ.

c)

އެއްވެސް ދަރަޖައަކަށް ނުހިމެއެވެ.

d)

ތިން ދަރަޖައަކަށް ބަހާލެވެއެވެ.