wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އަޚްލާޤް- 10- ވެރިންނަށް ކިޔަމަންވުން

Total questions: 8

Worksheet time: 6mins

Name
Class
Date
1.

ވެރިންނަކީކޮބާ؟

a)

ބައެއްގެ މައްޗަށް އަމުރުވެރިންގެ ގޮތުގައި އިސްކުރެވިފައިވާ މީހުންނެވެ.

b)

ކައުންސިލަރުންނެވެ

c)

ޕޮލިހުގެ ވެރިންނެވެ

2.

ވެރިންނަށް ކިޔަމަންވުމުގެ ދާއިރާއަކީކޮބާ؟

a)

ﷲއަށް އުރެދުމެއްވާ ކަމެއް ފިޔަވައި އެހެންހުރިހާ ކަމަކަށް އެބައިމީހުންގެ ބަސްއަހައި ކިޔަމަންވާންޖެހޭނެއެވެ.

b)

ވެރިން ކަމަކު ބުނެފިނަމަ އެކަންތައް ކުރުން

3.

އިސްލާމީ ޤައުމަކަށް އައްޔަންކުރެވޭ ވެރިއެއްގެ މަސްޢޫލިއްޔަތު ތަކުގެ ތެރެއިން 2 ކަމެއްލިޔޭ

a)

ކީރިތި ޤުރްއާނާއި ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމަޢުގައި އިސްލާމްދީން ޤާއިމްކޮށް އެއަށް ރައްކާތެރިވެ ބެލެހެއްޓުން

b)

ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމްކުރުން

c)

އަމަންއަމާންކަން ޤާއިމްކުރުން

d)

ރަށްރަށުގައި ތޮށިގަނޑު ލުން

4.

ވެރިންނަށް ކިޔަމަންވުމުގެ ޙުކުމަކީކޮބާ؟

a)

ވާޖިބެއް

b)

ސުންނަތެއް

c)

މުސްތަޙައްބު ކަމެއް

5.

ސޫރަތުއްނިސާގެ 59ވަނަ އާޔަތުގެ މާނައިގައިވަނީ "އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!" އާޔަތުގެ މާނައިން ދޭހަވާ ކަމެއްލިޔޭ!

a)

އަމުރުވެރިންނަށް ކިޔަމަންވާން ޖެހޭނެކަން / ވާޖިބެއްކަން

b)

ﷲއަށް ކިޔަމަންވާން ޖެހޭނެކަން

6.

ވެރިންނަށް ކިޔަމަންވެގަތުމުން ލިބޭ ފައިދާތަކުގެ ތެރެއިން 2 ފައިދާއެއްލިޔޭ!

a)

މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމްވުން

b)

މާތްﷲގެ ވާގިފުޅާއެކު މުޖުތަމަޢު ތަރައްޤީވެ ކުރިއަރައި ދިއުން

7.

ވެރިންނަށް ކިޔަމަންނުވުމުން ލިބިގެންދާނެ ގެއްލުންތަކުގެ ތެރެއިން 2 ގެއްލުމެއްލިޔޭ

a)

ފާފަވެރިވުން

b)

މުޖުތަމަޢުގައި ހަމަނުޖެހުން އުފެދުން

8.

ސޫރަތުލް އަންފާލުގެ 46ވަނަ އާޔަތުގެ މާނައިގައިވަނީ "އަދި ﷲއަށާއި އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއި އެކުގައެވެ." އިސްވެދިޔަ އާޔަތުން ދޭހަވާ ކަމެއްލިޔޭ

a)

އުޚުއްވަތެރިކަމުގެ މުހިއްމުކަން

b)

ދެބަސްވެ އަރާރުންވުމުގެ ގެއްލުން ބޮޑުކަން

c)

ކެތްތެރިވުމުގެ މުހިއްމުކަން